މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް އައިޓީ ޓެކްނީޝަނެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިފްކޯއިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މި މަޤާމަށް ހޮވޭ ފަރާތަށް 15،671 ރުފިޔާގެ ޖުމްލަ މުސާރައެއް ލިބޭނެއެވެ. އަދި މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީ، ކޮމްޕިއުޓަރ ސައިންސް ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ، ވަޒީފާގެ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކާއި ތަމްރީނު ސެޓްފިކެޓްތައް، ކުރިން މަސައްކަތްކުރި ތަނުގެ ރެފަރެންސް ލެޓަރ، ވަޒީފާއަށް ކުރިމަތިލާ ސިޓީ އަދި ޕޮލިސް ސެޓްފިކެޓް ހިމެނެއެވެ. މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3323932 ނަންބަރާ ގުޅުމަށް މިފްކޯއިން އަންގާފައިވެއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް އައިޓީ ޓެކްނީޝަނަކު ހޯދަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.