ކ. ގުޅީ ސިއްހީ މަރުކަޒުން އެ މަރުކަޒަށް ގިނަ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ހޯދުމަށް އިއުލާނު ކޮށްފިއެވެ. މި އިއުލާނުތައް ކޮށްފައި ވަނީ ފަސް ދާއިރާއަކުން ބޭނުންވާ މުވައްޒަފުން ހޯދުމަށެވެ. މަސައްކަތްތެރިން ބޭނުންވާ ފަސް ދާއިރާއަކީ:
- ރެޖިސްޓާޑް ނާސް
- މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓް
- ކަސްޓަމާ ސާވިސް އޮފިސަރު
- އެމްބިއުލެންސް ޑްރައިވަރު
- ހެލްތް ކެއާ އެޓެންޑެންޓް
ސިއްހީ މަރުކަޒުން ވަޒީފާގެ ފުރުސަތު ހުޅުވާލައި ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މަރުކަޒަށް ފުލްޓައިމްކޮށް މަސައްކަތްކުރާނެ 2 ރެޖިސްޓާޑް ނަރުހުން ބޭނުންވެއެވެ. މީގެ އިތުރުން، މެޑިކަލް ލެބޯޓަރީގައި ދާއިމީކޮށް މަސައްކަތް ކުރާނެ ޓެކްނޮލޮޖިސްޓެއްގެ މަގާމަށް އެއް މީހަކު ހޯދުމަށް ވެސް އިއުލާން ކޮށްފައިވެއެވެ. އަދި އެހެން އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ހޮސްޕިޓަލްގައި ދާއިމީކޮށް މަސައްކަތްކުރާނެ ކަސްޓަމަރ ސަރވިސް އޮފިސަރެއްގެ މަގާމަށް އެއް މީހަކު ބޭނުންވެއެވެ. އަދި މީގެ އިތުރުން، އެމްބިއުލެންސް ޑްރައިވަރެއްގެ މަގާމަށާއި ހެލްތް ކެއަރ އެޓެންޑެންޓެއްގެ މަގާމަށް ވެސް މީހަކު ބޭނުންވާ ކަމަށް އިއުލާންތަކުގައި ހިމަނާފައިވެއެވެ. މި މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން، އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު، މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ސިއްހީ މަރުކަޒުގެ އޮފީހަށް ހުށަހެޅުމަށް އެންމެފަހުގެ އިއުލާނުގައި ދަންނަވާފައިވެއެވެ. އަދި ހަމައެހެންމެ، އީމެއިލް މެދުވެރިކޮށްވެސް ލިޔެކިއުންތައް ހުށަހެޅުމުގެ ފުރުސަތު އޮތްކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.