1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަމަށް 'ދަ ކޮމަނާސް' ޖަމިއްޔާއިން އެހީވަނީ

como
ދަ ކޮމަނާސް ޖަމިއްޔާގެ މެންބަރުން: ފޮޓޯ/ ދަ ކޮމަނާސް ޖަމިއްޔާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
379ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަމަށް "ދަ ކޮމަނާސް" ޖަމިއްޔާއިން އެހީތެރިވެދޭން ނިންމައިފިއެވެ.

މި ޖަމިއްޔާއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާދަމާ (4 އޭޕްރީލް) އިން ފެށިގެން 10 އޭޕްރީލްއާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ދެމެދު (ނަމާދު ވަގުތު ފިޔަވައި) ފަހި ފްލެޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ހެލްޕް ޑެސްކްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ޚިދުމަތް ދޭނީ ހުޅުމާލޭގައި ހުންނަ "ޕޯޓް ކިއޯސްކް އެންޑް ކެފޭ" ގެ ފުރަތަމަ ފަންގިފިލާގައި ކަމަށް އެ ޖަމިއްޔާއިން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ޝަކުވާ ހުށަހެޅުމަށް އެހީއަށް އެދި އަންނަ ފަރާތްތަކުން ޕޯޓަލްއަށް ވަދެވޭނެހެން ފޯނު ނުވަތަ އެހެން ޑިވައިސްއެއް ގެނައުމަށާއި، ބަލަންޖެހޭ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީވެސް ގެނައުމަށް އެދިފައިވެއެވެ.

300 × 250

މި ކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 7434000 އަށް ގުޅުމަށް "ދަ ކޮމަނާސް" އިން ވަނީ އެދިފައެވެ.

ފްލެޓް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. ހައުސިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުންނެވެ.

ރައީސް މުޙައްމަދު މުޢިއްޒު އިބްރާހީމްގެ ސަރުކާރުން އަލުން މުރާޖަޢާކޮށް އާންމުކުރި ފްލެޓް ލިސްޓް ނެރެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ހައުސިން މިނިސްޓްރީން އަންގާފައިވާ ގޮތުގައި، ފްލެޓަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންވާނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ހުށަހެޅިދާނެއެވެ.

ޝަކުވާ ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 އަށް ގުޅުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި