1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު

big_EZqfo9s6LIo05yH9b7Qg6hDXE
މަރްޔަމް ޝަފާ ސައީދު
204ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހުޅުވާލައިފިއެވެ

.މި ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޭޕްރީލް 28 އިން މޭ 1 އަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓު (އޭޓީއެމް) ގައި ބައިވެރިވުމަށެވެ.

އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ "މޯލްޑިވިއަން އިވްނިންގ" ގައި ފަންނުވެރިންނަށް ވަގުތުން އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ފަންނުވެރިން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ޓްރެވެލް މާކެޓްގެ ތެރެއިން ދައްކާލުމުގެ ފުރުސަތުވެސް ދޭނެކަމަށް ބުނެފައިވެއެވެ.

300 × 250

މި ފުރުސަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެކަން ފާޅުކުރުމަށް އެމްއެމްޕީއާރްސީން ވަނީ އެދިފައެވެ. މިކަމުގައި ބައިވެރިވުމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 9 ވަނަ ދުވަހެވެ.

އަރަބިއަން ޓްރެވެލް މާކެޓަކީ މެދުއިރުމަތީގައި ވަރަށް މަޝްހޫރު ޕްރިމިއާ ޕްލެޓްފޯމެކެވެ. މިއަހަރަކީ އޭޓީއެމް ފެއަރ ބާއްވާ 30 ވަނަ އަހަރެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަނަކަށް ގެނެސް، އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް، އައު ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމެވެ.

އެމްއެމްޕީއާރްސީން ވިދާޅުވިގޮތުގައި، މި ފެއަރގައި އެ ކުންފުނިން ދަނީ ކޮންމެ އަހަރަކުވެސް ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޭޓީއެމްގައި، އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 253 މަންދޫބުން ބައިވެރިވިއެވެ.

މި ފެއަރ އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި