އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންއަށް ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި އަންހެނުންގެ ކުރިއެރުމާއި ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް، ދިވެހިރާއްޖެއިން އޮންނާނީ ތައްޔާރަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދ.ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ "ޔޫއެން ވިމެން" އަކީ އަންހެނުންގެ ޙައްޤުގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މެމްބަރުކަން ރާއްޖެއަށް ލިބިފައިވަނީ 2026 އިން 2030 އަށެވެ. މިއީ ރާއްޖެ މި ޖަމްޢިއްޔާގެ މެމްބަރަކަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
"އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.