ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ލީޑްސްގެ ލޯޑް މޭޔަރ، ކައުންސިލަރ އެބިގެއިލް މާޝަލް ކަޓަންގް އާއި ވެސްޓް ޔޯކްޝަޔަރގެ މޭޔަރ، ޓްރޭސީ ބްރެބިން އާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ސަރުކާރުން އެންެންމެ އިސްކަންދޭ ކަންކަމާއި، ތަރައްޤީގެ މަސައްކަތްތަކާ ބެހޭ މ މަޢުލޫމާތު ހިއްސާކުރައްވައި، ރާއްޖެއަށް މިހާރު ހުރި ތަރައްޤީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ލީޑްސް ސިޓީއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ދައުލަތުގެ އާންމު ޚިދުމަތްތައް މުޅިން ޑިޖިޓަލައިޒްކުރުމަށް ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މަގުތައް އަލުން ހެދުމުގެ މަސައްކަތް ހިމެނޭ ގޮތަށް ދަތުރުފަތުރުގެ ކަންކަން ރަނގަޅު ކުރުމަށް ރާވާފައިވާ ކަންކަމަށްވެސް ބައްދަލުވުމުގައި އިޝާރާތްކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުަތުރުފުޅަކީ ލިވަޕޫލް ފުޓުބޯޅަ ކުލަބާއެކު ވެފައިވާ އިސްތިރާޖީ އެއްބަސްވުމާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަމަށާއި، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.
މި ބައްދަލުވުމުގައި ލީޑްސްގެ ލޯޑް މޭް މޭޔަރާއި ބައިވެރިން ވަނީ އެ ސިޓީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އާންމު ދަތުރުފަތުރާއި ކުޅިވަރާއި ސަގާފީ ގޮތުން އެއްބާރުލުމުގެ އިތުރުން މޫސުމީ ފައިނޭންސިންގ ފަދަ ތަރައްޤީގެ އެކި ދާއިރާތަކުގައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ބޭފުޅުން ވަނީ ރާއްޖޭގެ ތަރައްޤީއަށް އެއްބާރުލުންދީ އެހީވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.