1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި ދަރިވަރުންނަށް މުހިންމު އަދި ބޭނުންތެރި ތަނަކަށް ރޯޒްމަންޓް އެވެނިއު ވެގެންދާނެ: ރައީސް

YA
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު,
މަރްޔަމް ޝަފާ ސައީދު
241ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިނިގިރޭސިވިލާތުގައި ހުންނަ ރޯޒްމަންޓް އެވެނިއުއަކީ ދިވެހި ދަރިވަރުންނަށް މުހިންމު އަދި ބޭނުންތެރި ތަނަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވިގޮތުގައި ލަންޑަނުގެ ނޯތްފިންޗްލީގައި ހުންނަ "ނަމްބަރ 9 ރޯޒްމަންޓް އެވެނިއު" އަކީ އެމަނިކުފާނުގެ ތަޢުލީމީ ދައުރުގައިވެސް އަދި އޭގެ ކުރީ އަހަރުތަކުން ފެށިގެންވެސް ދިވެހި ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ. މި ޢިމާރާތަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަމަށާއި، އޭރުވެސް އެކި ކަންކަމަށް މި ޢިމާރާތް ބޭނުންކުރެވިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

300 × 250

އެތަނަކީ އިނގިރޭސިވިލާތަށް ކިޔަވަން އަންނަ ހުރިހާ ދަރިވަރުން ލަންޑަނަށް ގޮސް ބައްދަލުވެ، އިޖްތިމާޢީ ގުޅުން ބަދަހިކުރާ މަރުކަޒެއް އަދި ހަބެއްގެ ގޮތުގައި ބޭނުންކުރެވުނު ތަނެކެވެ. "މިއަދު އިރާދަކުރެއްވިއްޔާ މި ކަން ހަމަޖެހިގެން ދިޔުމާއެކު، އަޅުގަނޑު އުންމީދުކުރަނީ ހުރިހާ ދަރިވަރުންނަށްވެސް މިއީ ވަރަށް ބޭނުންތެރި ތަނަކަށް ވާނެކަމަށް" ރައީސް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ހައިކޮމިޝަންގެ ބޭނުމަށް ނެގުނު މި ޢިމާރާތް މިހާރު ވަނީ އަލުން ދަރިވަރުންނަށް ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިފައެވެ. މި ތަން މިހާރު ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެސޯސިއޭޝަންގެ ދަށުގައި ރަޖިސްޓްރީކޮށްފައެވެ.

ރައީސް ވިދާޅުވިގޮތުގައި މިއީ އެޤައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ހިތްހަމަޖެހުމާއި އެކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު، ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި މިކަން ހަމަޖެހިގެންދިއުމާއެކު ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދިއުމުގެ އިތުރުން އެމްއެސްއޭގެ ހިންގުމަށްވެސް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި