ލ.މާވަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެރަށަށް 800 ކިލޯވޯޓުގެ އައު އިންޖީނެއް ގެންގޮސް، އެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭގޮތުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާވަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"އިންޖީނު ބެހެއްޓުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދޭ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޖީނު އިންސްޓޯލްކޮށް ނިންމައި، ޚިދުމަތް ދޭން ފެށޭނެ،" ފެނަކައިން ބުންޏެވެ.
https://twitter.com/TeamFenaka/status/1908544298867712445?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1908544298867712445%7Ctwgr%5E17385a868659abc603928405c04e086aeb094889%7Ctwcon%5Es1_&ref_url=https%3A%2F%2Fvoice.mv%2F39379
މީގެއިތުރުން، މާވަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ވަނީ އެރަށުގައި 15 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމެއް ޤާއިމުކުރުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުރިއަށް ގެންދާނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.