1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާވާ އިންޓަރނޭޝަނަލް ރެފުރީ ބެޖު ރާއްޖޭގެ 3 ރެފުރީއަކަށް!

cava
ކާވާ އިންޓަނޭޝަނަލް ރެފުރީ ބެޖު ހާސިލުކުރި ރެފުރީންނާއެކު ކާވާގެ ރައީސް މުޙައްމަދު ލަތީފް/ ފޮޓޯ:ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
830ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިންޓަރނޭޝަނަލް ރެފުރީ ބެޖު ރާއްޖޭގެ ތިން ރެފުރީއަކު ހާސިލުކޮށްފިއެވެ.

މިގޮތުން ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކޮށް މުޙައްމަދު ވަހީދު ބެޖު ހާސިލުކޮށްފައިވާއިރު، އާއިދާ އަބްދުލް ހަކީމް އާއި މުހައްމަދު ސާމިން ވަނީ ކާވާ އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކޮށް ބެޖު ހާސިލްކޮށްފައެވެ.

ކާވާގެ މައި އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ތިން ރެފުރީންނަށް ބެޖު ހަވާލުކޮށްދެއްވީ ކާވާގެ ރައީސް މުޙައްމަދު ލަތީފްއެވެ. މިކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ކާވާގެ ރައީސް ލަތީފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ރެފްރީން ގިނަވަމުންދިއުމަކީ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

300 × 250

"ރާއްޖެއަކީ ސާކުގެ ގައުމުތަކުގެ ތެރެއިންވެސް އިންޓަނޭޝަނަލް ރެފްރީން އެންމެ ގިނަ ގައުމު. އެހެންވީމަ މިއީ ރާއްޖޭގައި ވޮލީ ބޯޅަ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް," ލަތީފް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، މި އަހަރުގެ ޖުލައި މަހަށް އެފްއައިވީބީ ލެވެލް އެކެއްގެ ކޯހެއް ރާވާފައިވާ ކަމަށާއި، އުއްމީދަކީ ވޮލީއާ ގުޅުންހުރި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހިން ތަމްރީނުވުން ކަމަށެވެ. އަދި އަމާޒަކީ ވޮލީއާ ގުޅުންހުރި އެންމެހާ ދާއިރާތަކުން ދިވެހިން ތަމްރީނުވެ، ބައިނަލްއަގުވާމީ މައިދާނުން ފެނިގެން ދިއުންކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

މި ތިން ރެފުރީން ބެޖު ހާސިލުކުރުމާއެކު، މިހާރު ރާއްޖޭގައި ތިބި އިންޓަރނޭޝަނަލް ރެފުރީންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މީގެ ތެރޭގައި އެފްއައިވީބީ އިންޓަނޭޝަނަލް ރެފުރީންގެ ގޮތުގައި ހަތަރު ވޮލީބޯޅަ ރެފުރީންނާއި، އެއް ބީޗް ވޮލީ ރެފުރީ ހިމެނެއެވެ. އަދި އޭވީސީ އިންޓަރނޭޝަނަލް ރެފުރީންގެ ގޮތުގައި ހަތަރު ވޮލީބޯޅަ ރެފުރީންނާއި، އެއް ބީޗް ވޮލީ ރެފުރީ ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި