ސޯޝަލް މީޑިއާ އެކްޓިވިސްޓުން ކަމުގައިވަ މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާއަށް އެކްސްގައި މަރުގެ އިންޒާރު ދީފިއެވެ.

މަލްޝާ އަދި ޝިއުނާ އަކީ ވެރިކަންކުރާ ޕީއެންސީގެ އިސްސަފުގައި މަސައްކަތް ކުރާ 2 ކަނބަލުންނެވެ.

މި ދެބޭފުޅުންނަށް މަރުގެ އިންޒާރުދީފައިވަނީ ޖޯން ޑެކްލަން ނަމަކަށް ކިޔާ އައިޑީއަކުންނެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން ހާއްސަކޮށް މި ދެބޭފުޅުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުންވަނީ އާންމުވެފައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ