އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލު ކުރުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިޢާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ" އެވެ. މި ޝިޢާރުގެ އަލީގައި ވަޒީރު ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އޭ.އެން.ސީ ކަވަރޭޖް ނުވަތަ މާބަނޑު މީހުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް މިހާރު ވަނީ 98 އިންސައްތަ އަށް ވުރެ މަތިވެފައެވެ. އަދި "ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި" ކަމަށް ވިދާޅުވިއެވެ. ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް އާންމުންނަށް މި މަޢުލޫމާތު ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެންމެ މުހިންމު ދުވަސްވަރެވެ. އަދި ދެމަފިރިން ޞިއްޙީ ރަނގަޅު އާދަތަކުގައި ދެމިތިބުމަކީ ދަރިފުޅުގެ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލު ކުރުން: ސިއްހީ ވަޒީރު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.