1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑަށް ވެއްޓި ގެއްލުނު މުޝްފިގުގެ ކަށުނަމާދު ކުރާނީ ޤާޟީ އޭނާ މަރުވެއްޖެ ކަމަށް ކަނޑައެޅުމުން: ޝަހީމް

ސހ
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: މިނިސްޓްރީ
މަރްޔަމް ޝަފާ ސައީދު
461ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށާއި، ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މާލެ ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމުމާ ގުޅިގެން ޝަހީމް ވަނީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު އަމަލުކުރާނެ ގޮތާ މެދު ސުވާލުކުރެވެމުންދާ ކަަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވީ، މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި، އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށް ވިދާޅުވިއެވެ.

300 × 250

"މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމެވެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ގެއްލުނު މީހާއަކީ އަނބިން ދަރިން ތިބި މީހަކަށް ވެދާނެ ކަމަށާއި، މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ އޭގެ ޝަރުޢީ އަސަރުތައް ކުރާނެ ކަމަށެވެ. މީގެ ތެރޭގައި އަނބިމީހާގެ ޢިއްދާގެ މައްސަލައާއި، ތަރިކައިގެ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވަނީ ގެއްލިފައިވާ މީހާއާމެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ، ހަތަރު އަހަރު ނުވިޔަސް ޤާޟީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި