1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ބައިނަލްއަގުވާމީ މައި ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 59 އަހަރު!

vel
ފުރަތަމަ ހުޅުލެ، އެއާޕޯޓު
ހުވަދޫ ނިއުސް ޓީމް
284ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ މައި ބަނދަރުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު 59 އަހަރު ފުރިއްޖެއެވެ. 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ހުޅުވި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް މިހާރު ދިވެހި އިގްތިސޯދު ވަނީ ބަރޯސާވެފައެވެ. ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ ވެރިކަމުގައި ހުޅުވި ހުޅުލޭ އެއާޕޯޓުގެ މަސައްކަތަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނެސްގެން އެ މީހުން އެ މަސައްކަތުގައި ބައިވެރިކުރިއެވެ. ހުޅުލޭ އެއާޕޯޓުގައި އެންމެ ފުރަތަމަ ފުލައިޓެއް ޖެއްސީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ފުރަތަމަ ކޮމާޝަލް ޕްލޭނެއް އޮޕަރޭޓު ކުރީ 1962 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އެއާ ސިލޯންގެ ފްލައިޓެކެވެ. އެއިރު ހުޅުލޭ އެއާޕޯޓުގައި ބޭނުންކުރަމުން ދިޔައީ ސްޓީލް ރަންވޭއެކެވެ. 1972 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ ފަތުރުވެރިޔާ ޒިޔާރަތްކުރިއެވެ. 1994ގައި ސަރުކާރުގެ 100% ހިއްސާއާ އެކު މާލެ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ނަމަށް ބަދަލުކޮށް ހިންގަންފެށިއެވެ.  2022 ވަނަ އަހަރު ދިވެހި ސަރުކާރުން ނިންމީ ސްޓީލް ރަންވޭގެ ބަދަލުގައި ޒަމާނީ ރަންވޭއެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށެވެ. ދިގުމިނުގައި 2،840 މީޓަރުގެ ހުންނަ އަދި ފުޅާމިނުގައި 45 މީޓަރު ހުންނަ ރަންވޭއެއް ހެދުމުގެ މަސައްކަތް ފެށިއެވެ. މީގެ އިތުރުން ހަމަ މިއަހަރު އާ ސީޕްލޭން ޓާމިނަލް ވީއައިއޭގައި ހުޅުވިއެވެ. 42 ބަނދަރާއި 28،000 އަކަ މީޓަރުގެ ޖާގައެއް  މި ޓާމިނަލުގައި ހުރެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ.

hujj

ފުރަތަމަ ހުޅުލެ، އެއާޕޯޓު

300 × 250

ކާގޯ ޓާމިނަލް ކޮމްޕްލެކްސް ހުޅުވައި، މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކޮށް، ސްޓްރީމްލައިން

ކާގޯ އޮޕަރޭޝަންތައް ހިންގަންފެށީ 2024 ވަނަ އަހަރުގައެވެ. މީގެ އިތުރުން އިމަޖެންސީގެ ކެޓަގަރީ 9 ގެ މިންގަނޑުތަކަށް ފެތޭ   އާ ފަޔަރ ސްޓޭޝަނެއް ވީއައިއޭގައި ފަރުމާކޮށް އޮޕަރޭޝަންތައް ފަށައިފައިވަނީވެސް 2024 ވަނަ އަހަރުގައެވެ، ހަމަމިއާއެކު ކާގޯއަށް  ހާއްސަ ކާގޯ ބަނދަރަކާއި ހަތަރު ކެރޭނެއް ކަނޑުގެ ސްޓްރީމްލައިން ދަތުރުފަތުރުކުރުމަށް ހާއްސަ ކުރެވިފައިވެއެވެ. ޓާމިނަލުން އާރްއޭ 3 ސެޓިފިކޭޝަން ހާސިލްކޮށް، ދަތުރުފަތުރު އިތުރުވެފައިވާކަން ފާހަގަވެއެވެ. އަލިފާން ނިއްވާ އުޅަނދުފަހަރަށް ބޭނުންވާ ވަސީލަތްތަކާއެކު 2،230 އަކަ މީޓަރުގެ ސަރަޙައްދެއްގައި، ވޯކްޝޮޕްތަކާއި ސްޓޯރޭޖް ހާއްސަކުރެވިފައިވެއެވެ. މީގެ އިތުރުން   އެޑްމިން އާއި ތަމްރީނަށް މެޒަނީން އަދި ފަޔަރ ކޮންޓްރޯލް ރޫމެއްވެސް ވަނީ އިމާރަތްކުރެވިފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތަށް އަވަސް އިޖާބަދިނުމަށް ޓަކައި ފަޔަރ ޓެންޑަރ، 1 ކޮމާންޑް ވެހިކަލް އަދި 2 މެރިން  އުޅަނދުވެސް ބެހެއްޓިފައިވެއެވެ.  މީގެ އިތުރުން ޓެކްސީ ކިއު މެނޭޖްކުރުމަށް ޓަކައި ޑްރޮޕް އޮފް ވެސް ވަނީ ބިނާކުރެވިފައެވެ. ހަމަމިއާއެކު މުޅިން އައު މަގުތަކެއް (ކާގޯ ލޭންޑްސައިޑް ރޯޑް އަދި ހެޑް އޮފް ސްޓޭންޑް)  މީގެއިތުރުން އެއަރޕޯޓް މޮނިއުމަންޓް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަދާ އާ ޕެސެންޖާ ޓާމިނަލް މި އަހަރުގެ މެދުތެރޭ ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ، އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީ ކުރާ 72،000 އަކަފޫޓުގެ އައު ޓާމިނަލްއާ އެކު ވީއައިއޭގެ ތޮއްޖެހުން ހައްލުވާނެ ކަަމަށް ބެލެވެއެވެ.

hulhu

ފުރަތަމަ ހުޅުލެ، އެއާޕޯޓު

ވައިގެބަނދަރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތައް

އަލަށް ތަރައްގީކުރާ ބައިނަލްއަޤްވާމީ ފަސިންޖަރުންގެ ޓާރމިނަލް

ނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަލަށް ތަރައްޤީކުރެވޭ ބައިނަލްއަޤްވާމީ ފަސިންޖަރުންގެ ޓާރމިނަލްގެ ބޮޑުމިނަކީ 78،000 އަކަފޫޓެވެ. މި ޓާރމިނަލް އިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން އެއިރޯ-ބޯޑިންގ ބްރިޖުތަކާއި، ޒަމާނީ ބެގޭޖު ސިސްޓަމްތަކާއި، ރީޓެއިލް އައުޓްލެޓްތަކާއި، ފުޑް އައުޓްލެޓްތަކާއި އިތުރު ލައުންޖްތައް ހިމެނޭނެއެވެ. "ޗާލީ" ޓެކްސީވޭ ތަރައްގީކުރުން "ޗާލީ" ޓެކްސީވޭ 3،200 އަކަފޫޓުގެ ދިގުމިނަށް ތަރައްޤީކުރެވެމުންދާއިރު، އެންމެ ބޮޑެތި ބޯޓުފަހަރަށްވެސް ޖެއްސޭނެ ގޮތަށް ތައްޔާރުކުރެވެއެވެ. މި ތަރައްޤީއާއެކު ބޯޓުތައް ދުއްވާ އަނބުރާ ހެދުމަށް ހޭދަވާ ވަގުތު މަދުވެ، ބޯޓުތައް ބިންމަތީގައި ހޭދަކުރަންޖެހޭ ވަގުތު ކުރުވެގެންދާނެއެވެ. އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވެފައިވަނީ މި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީތައް އެކަނި ކަމަށާއި، އެތަންތަން ހިންގައި ޤައުމަށް ފައިދާ ހޯދައިދެނީ ވީއައިއޭގެ މުވައްޒަފުން ކަމަށެވެ. އަދި ވީއައިއޭގެ މުވައްޒަފުންނަކީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި