އައްޑޫސިޓީ ފޭދޫ ލިންކް ރޯޑުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 7:29 ހާއިރުއެވެ.
ފުލުހުން ބޫ މި އެކްސިޑެންޓްގައި ހިމެނެނީ ސައިކަލަކާއި ކާރެކެވެ. އެކްސިޑެންޓްގައި ސައިކަލް ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑަށް އަނިޔާވެފައެވެ. އަނިޔާގެ ބޮޑުކަމުން އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު ނަމަވެސް، އެތަނުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ އޭނާ ނިޔާވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ / މާގޯލްޑް މުޙައްމަދު މާހިލް މުމްތާޒް (23 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން މިހާރު ދަނީ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.