1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައި، ޚިދުމަތް ފަށައިފި

dhan
ދާންދޫގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވުން/ފޮޓޯ:ދަތުރުފަތުރާބެހޭ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
352ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ. ދާންދޫގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައި، 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށިއްޖެއެވެ. މި ޚިދުމަތް ފެށުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، "މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ." އަދި މި ޚިދުމަތް ފެށުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށަށް އަދި މާލެއަށް ދަތުރުކުރަން ނުޖެހޭނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑްރައިވިންގ ލައިސަންސް ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

300 × 250

dha1ދާންދޫގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވުން/ފޮޓޯ:ދަތުރުފަތުރާބެހޭ ވުޒާރާ

މީގެއިތުރުން، ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެކަމަށް ވުޒާރާއިން އުންމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި