މާލޭގެ މަގެއްގެ މަތީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް އޭގެ ވެރިފަރާތް ކައިރީގައި އާދޭސް ކޮށްކޮށް ހުއްޓާ ފުލުހުން ޓޯވ ކޮށްގެން ގެންގޮސްފިއެވެ. ކާރު ޓޯވ ކޮށްގެން ގެންދަނިކޮށް ވީޑިއޯކޮށް މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ސަރުކާރު ހިންގަން އޮތް ހަމައެކަނި މަގަކީ ރައްޔިތުން ފެލައިގެން ކަމުގައިވުމުން ދެން ޖޫރިމަނާ ގިނަވާ ކަމަށާއި، ކާރުގެ ވެރިފަރާތް ކުރިމަތީ ހުރެ އާދޭސް ކޮށްކޮށް ހުއްޓާ ކާރު ޓޯވކޮށްގެން ގެންދަނީ ކަމަށެވެ. https://twitter.com/dhivesseh5/status/1448526165921054722
"ރައީސް ސޯލިހުއަށް ވެރިކަން ކުރަން ނޭނގެންޏާ ދެން އިސްތިއުފާ ދޭންވީނޫންތޯ؟." އެފަރާތުން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
މިސަރުކާރު ވެރިކަމަށް އަންނަން ވެގެން ކެމްޕެއިން ކުރި ދުވަސްވަރު ރައީސް ސޯލިހު ވިދާޅުވެފައިވަނީ ޕާކުކުރާނެ ޖާގަ ހަމަޖައްސައި ނުދީ އެމްޑީޕީ ވެރިކަމެއްގައި ޕާކިންގ ޖޫރިމަނާ ނުކުރާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް އައިސް ޖޫރިމަނާ ކުރަމުންދާ ގޮތް ވެގެންދިޔައީ ގިނަ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.







ޚިޔާލު (10)
މިހާރުގެ ވެރިކަމުގައި އެމްޑީޕީ ހިއްސާއެއް ނެތުމުން ދިމާވެގެން އުޅޭ މައްސަލަ ތަކެއްކަން ޔަގީންވޭނޫންތޯ.. ތިކާރުވެސް ތިޔައީ ބަނގުލަދޭޝް މީހެއްގެ ކާރެއްނަމަ ބުނާނީ ޔެސްސަރ އަވަހަށް ކާރު ގެންދަވާށެކަން ޔަގީން..
ޙުވަދޫ ނިއުސްގަ މާލޭގެ މަގު މަތީ ދިމާވި މިހާ ކުޑަ ކަމެއްގެ ވާހަކަ ލިޔަންވީ ކީއްވެތޯ؟ ޙަމަ އެހެން ހަބަރެއް ނެތީމަތާ ދޯ؟؟ ލޮލް
މިދެން ހަބަރެއްތަ އަޅެ؟
މަންޖެ ގަރާޖް ކޮބާ ގަރާޖް. ތިކަހަލަ ލައްކަ ކާރު އެބަ އުޅޭ....ގޯސް ވާނީ ގަވާއިދު ތަންފީޒް ކުރީމަ. ޢެހެން ނޫނަސް ތި ޒޯންއެއްވެސް ނޫނެއް ނު
ޜަގަލު ސައިކަލް އެއްނޫން ހުރިހާއެންމެނަށްވެސް ހަމަކޮށް ގަވާއިދު ތަންފީޒު ކުރަން ޖެހޭނެ.
ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންއަށް ވުރެން ފަތްބޯ ކުދިންނަށް ވުރެ މާނުރައްކާ ކާރެއް ކަމަށް ވާނީ
ޙ،ފުޓްބޯލަ ދަޑުގެ އިރުމަތީ މަގުގައި ހުދު ބެންޒު ކާރެއް ގަޥައިދާ ހިލާފައް ޕާކިންޒޯނުން ބޭރުގައި ޕާކްކޮއްފަ އޮންނަތާ 3 އަހަރު ވީއިރުވެސް ޓްރެފިކް ޕޮލިހުން އަޅައެއް ުލި.. 2
މީ ރައްޔިތުން ފެލައިގެން ވެރިކަންކުރަން އުޅޭ ބަޔެއް.ރައްޔިތުމީހާގެ ޖީބުން ރުފިޔާ ނުދާގޮތަށް އެއްވެސްކަމެއް ރޭވިފައެއްނެތް.
ކަރ ޓޯކްކުރީ ކިހާދުވަހަކު އެތާ އޮތުމައް ފަހުތޯވެސް ބަލާލަން ޖެހޭ (ޓޯކް ކުރަން އުޅުނީމަދޯ ވެހިކަލް ފެނުނީ)
ގަވާެިދާއި ޚިލާފުވަންޏާ ޖެހޭނެ ޓޯވ ކުރަން