މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ޕިކަޕަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހުންނަކީ، 07 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދާފައިވާ ބައެއް ކަމަށެވެ.
އަދި މިމައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ދުއްވާފައިވާ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހަތަނަށް ކޮށްފައިވާ މަސައްކަތުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އަންހެނަކާއި ފިރިހެނެއް ޕިކަޕް ޕާކުކޮށްފައި ހުރި ސަރަހައްދުން ނުކުމެގެންދާ މަންޒަރެވެ. ޕިކަޕް ކައިރީގައި އަންހެންމީހާ ގުދުވެފައި ތެދުވެގެންދާ މަންޒަރުވެސް އެވީޑިއޯއިން ފެނެއެވެ.
ވީމާ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497362ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.