1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމަށް ޑރ. މާރިޔާ އަރިޔަދޫ އަށް

1035x593-Oir1e3l9O5jm4uMTBuSMzztxMtFsQuKjmlRYiQys
ފޮޓޯ: އެރިޔަދޫ
އާމިނަތު ޝަޒްލާ
407ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ޓީމަކާއިއެކު، ވަޒީރު ޑރ. މަރްޔަމް މާރިޔާ އދ. އަރިޔަދޫ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމަށް ރުކުގެ ނާސަރީތައް ޤާއިމުކުރުމަށާއި، ރިސާރޗްތައް ހެދުމަށާއި ފުޑްސެކިއުރިޓީ އަށް ބޭނުންވާ ގަސްގަހާގެހި އާލާކުރުމަށް، ސަރުކާރުން އދ. އަރިޔަދޫ މިވުޒާރާއަށް ކަނޑައެޅުމާއި ގުޅިގެން އެ ރަށުގައި މަސައްކަތްތައް ފެއްޓުމަށްޓަކައި ރަށުގެ ހާލަތުބަލައި އެސްސެސްކުރުމަށް ކުރެއްވި ޒިޔާރަތެކެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ރުއްތަކަށް ބަލިތަކައްޖެހި މަރުވަމުން ދިއުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާށި، ލިބުންވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެންކަމުން ފާއިތުވި 2 އަހަރުން ފެށިގެން ރާއްޖޭއިން ބޭރުން ކާށި ރާއްޖެ އެތެރެކުރަންވަނީ ޖެހިފައެވެ. މިހެންވުމުގެ ސަބަބުން އެތަކެތީގެ އަގުތައްވެސް އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުންނެވެ.

300 × 250

އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމު ކުރުމުގެ މަސައްކަތް ފެށާއިރު، މާމިގިލި ކައުންސިލްގެ ފަރާތުން އެ މަސައްކަތަށް ވެދެއްވޭނެ އެހީތަކާއި، ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން އިއްޔެ އެ ކައުންސިލާއި ބައްދަލުކުރައްވައި، ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކާށިގެ ދަތިކަން ފިއްލެވުމާއި، ރާއްޖެގައި ކާނާގެ ޔަޤީކަން އިތުރުކުރެއްވުމުގެ ގޮތުން 2025 މާރިޗް 9 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންވަނީ އދ. އަރިޔަދޫ، "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެއްވުމަށް މި ވުޒާރާ އާއި ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން އަރިޔަދޫގައި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި