ރައްޔިތުންގެ ފައިސާއަކީ ބައެއް ފަރުދުންނަށް ޚަރަދުކޮށް ތަޅާ ބުރުވަން ހުރި އަމިއްލަ ފައިސާއެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑު އަމާނާތެއް ކަމުގައި ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޒައިދު މިއަދު ކުއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ލާރިން ވަކި ފަރުދުންނަށް ޚަރަދުކޮށް އިސްރާފު ކުރުމަށްވުރެ އެފައިސާއިން އެތައް ނިކަމެތި ރައްޔިތަކަށް ހިނިތުންވުން ގެނެސް ދެވިދާނެ ކަމަށާއި، ރައްޔިތުންގެ ފައިސާ އަކީ ބައެއް ފަރުދުންނަށް ޚަރަދުކޮށް ތަޅާ ބުރުވަން ހުރި އަމިއްލަ ފައިސާއެއް ނޫންކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށްވެސް ޒައިދުގެ ޓުވީޓުގައި ބުނެފައިވެއެވެ. https://twitter.com/alizaid1000/status/1448537824001597444 ޒައިދު މިހެން ވިދާޅުވެފައިމިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިޒަމް ހަމަލާގެ ސަބަބުން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދުމަށްފަހު މިހާރު ރާއްޖެ ވަޑައިގެން ހުންނެވުމާ ގުޅިގެން ސަރުކާރުން އެެމަނިކުފާނަށް ދެއްވާފައިވާ ސެކިއުރިޓީއާއި އެމަނިކުފާނު ހުންނެވުމަށް ކުރައްވާ ޚަރަދުތަކުގެ ސަބަބުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ ފައިސާއަކީ ބައެއް ފަރުދުންނަށް ޚަރަދުކޮށް ތަޅާ ބުރުވަން ހުރި އަމިއްލަ ފައިސާއެއް ނޫން - ޒައިދު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.