1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖޭއެސްސީ އިން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ފައިޞަލް އައްޔަންކުރަނީ

big_796DlIEbc1DPQLLoUdrXOY29Y
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް/ ފޮޓޯ ؛ ޖޭޢޭސްސީފައިލް
އާމިނަތު ޝަޒްލާ
238ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަން ކުރައްވަން ނިންމައިފިއެވެ.

ހައިކޯޓުން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ.

ފައިސަލް މި މަޤާމަށް ޢައްޔަނުކުރެއްވުމަށް ނިންމާފައިވަނީ، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުމާއި ގުޅިގެންނެވެ.

300 × 250

މިދިޔަ މަހު ޖޭއެސްސީން ވަނީ ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިޞަލްއާ ހަވާލުކޮށްފައެވެ.

ފައިޞަލް ވަނީ 2014ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ފައިސަލް ޢައްޔަނުކުރެވިފައިވަނީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.

ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި