ކ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަލު "ހުވަދޫ މީޑިއާ"އަށް މައުލޫމާތު ދެއްވާފައި ވަނީ އެ ކިނބޫ މިހާރު ހިފިފައިވާ ކަމަށާއި، އަދި މިހާރު ސިފައިންގެ ހިމާޔަތުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެނިގެންދަނީ އެ ރިސޯޓުގެ ވޯޓާވިލާ ކައިރީ، ބޭރު ތޮށީގައި ކިނބޫ ހަރަކާތްތެރިވާ މަންޒަރެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި، ކިނބުލަކީ ރާއްޖޭގައި އާންމުކޮށް ފެންނަ ދިރޭއެއްޗެއް ނޫނެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮނބޫ ފެންނަމުންދާކަމަށެވެ.
ކުރީގައި ރާއްޖޭން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ވަނީ ބާއްވާފައެވެ. ނަމަވެސް ފަހުން އެ ކިނބޫ ވަނީ މަރުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.