1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިފައިންގެ 133 ވަނަ އަހަރީދުވަހުގެ މަގުމަތީ ހިނގާލުން, ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން ބައްލަވާލައްވައިފި

shad
ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި މަގުމަތީގެ ހިނގާލުން, ރައީސާއި ރައީސްގެ އާއިލާ ބައްލަވާލެއްވުން/ ފޮޓޯ:ރައީސްއޮފީސް
ޝާމިން ސަޢީދު
352ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި މަގުމަތީގެ ހިނގާލުން ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

މި ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅުންނާއި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ސަރުކާރުގެ އެހެނިހެން ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

https://twitter.com/presidencymv/status/1913578546251092124

300 × 250

ބަންޑާރަކޮށިން ފެށިގެން ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ އުޅަނދުތައް ދައްކާލާފައިވެއެވެ. ދިފާޢީ ބާރުން މަޢުލޫމާތު ދެއްވިގޮތުގައި މި ހިނގާލުމުގެ މައިގަނޑު މަޤްޞަދަކީ "ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދީ، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދިނުމާއި، ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުން" ކަމުގައި ފާހަގަކުރެއްވިއެވެ.

https://twitter.com/presidencymv/status/1913578519109796214

ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދެއްގައި މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދިނެވެ. މިގޮތުން އަމީރު އަޙްމަދުމަގު، ރައީސް އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރުއަނގޮޅި، އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތީގައި މަޑުކުރިއެވެ.

މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން ހިނގާލުން ކުރިއަށްދިޔަ ސަރަޙައްދުތަކަށް ޖަމާވެފައިވާކަން ފާހަގަކުރެވުނެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފައްޓަވާފައިވަނީ 21 އެޕްރިލް 1892 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި