1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފެހެންދޫގައި، އަމިއްލަ ފަރާތަކުން ކޮސްމެޓިކްސްފަދަ ތަކެތި އުފައްދާ މޫދުވިނައިގެ ބާވަތްތައް އެކްސްޕޯޓް ކުރަނީ

muu
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުވިނަ އެކްސްޕޯޓް ކޮށްގެން އާމްދަނީ ހޯދުމަށް އަމާޒުކޮށް، ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މަޝްރޫޢު އިފުތިތާހު ކުރުން / ފޮޓޯ: މަސްވެރިކަމާބެހޭ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
632ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުވިނަ އެކްސްޕޯޓް ކޮށްގެން އާމްދަނީ ހޯދުމަށް އަމާޒުކޮށް، ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މަޝްރޫޢެއް ފަށައިފިއެވެ.

"ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުނިން ފަށާފައިވާ މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވިދާޅުވީ، "މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކުން ނަފާ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ" ކަމަށެވެ. މި ސިޔާސަތުގެ ދަށުން ދިވެހި ކަނޑުތަކުގައި މެރިކަލްޗަރގެ ދިރުންތައް އާލާކޮށް، އެކްސްޕޯޓްކުރުމުގެ މަގު ފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

ފްލޯޓިން އޭކަރސް ކުންފުނިން ހައްދަމުންދަނީ ކާތަކެތި ތައްޔާރުކުރުމާއި، ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުން ކުރާ މޫދު ވިނައިގެ ބާވަތެކެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާ މޫދުވިނަ އެކްސްޕޯޓް ކުރުމަށް ވަނީ އިންޑިޔާގެ މާކެޓަކުން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރު ވެގެންދާނެ އެވެ. މިހާރުވެސް ފެހެންދޫގެ 20 ރައްޔިތަކަށް ވަނީ ވަޒީފާ ލިބިފައެވެ. ދުނިޔޭގެ މޫދު ވިނައިގެ މާކެޓުގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިޔާ ބައްރުން އުފައްދާ މޫދު ވިނައަށްވާއިރު، ހިއްކި މޫދު ވިނައިގެ ކިލޯއެއްގެ އަގަކީ ގާތްގަނޑަކަށް 1.8 ޑޮލަރެވެ.

ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، މިފަދަ މަޝްރޫޢުތައް ހިންގަން ބޭނުންވާ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި މިހާރު ވަނީ މެރިކަލްޗަރއާއި އެކުއަކަލްޗަރގެ ދާއިރާއަށް ރާއްޖޭގެ ކަނޑުން 5 ސަރަހައްދެއް ޚާއްސަކޮށް ކަނޑައަޅުއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި