1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަންދީގެ ޖިނާއީ ތަހުގީގާ، މެޑަމް ސާޖިދާގެ ދައުވާތަކާ ގުޅުމެއް ނެތް: އާޒިމާ

IMG-20231101-WA0010
ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު
އާމިނަތު ޝަޒްލާ
269ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހަޅުއްވާފައިވާ މަދަނީ ދައުވާތަކާއި، މަންދީއާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގާ ގުޅުމެއް ނެތް ކަމަށް މެޑަމް ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި އާޒިމާގެ ލޯފާމް 'ރެހެންދި ޗެމްބާސް'ގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.

މަންދީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަކީ މެޑަމް ސާޖިދާގެ އިސްނެގެންގެވުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށް ދޭހަވާ ގޮތަކަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

300 × 250

ފުލުހުން ހިންގާ ތަހުގީގުތަކާ މެޑަމް ސާޖިދާ ހުށަހެޅުއްވި މައްސަލަތަކާ ގުޅުމެއް ނެތް ކަމަށް ބުނެ، 'ރެހެންދި ޗެމްބާސް'ގެ ފަރާތުން ބަޔާނެއް ނެރެފައި ވަނީ، މަންދީއާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، ޗިޓު ފޮނުވައިފައި ވަނިކޮށެވެ.

މާޒް ސަލީމްއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކައަށް ތާއީދުކޮށް، "އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް" އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެމްޑީޕީން ވަނީ، އެ މުޒާހަރާގައި ދައްކައިފައި ވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި