ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ހާމަކޮށްފައިވަނީ، ދާދި ދެންމެއަކު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި ސީޕީ ހަމީދު ވިދާޅުވެފައިވަނީ، ބުދަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނެއްގައި ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކާއި ރ.އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެމީހަކު ހައްޔަރުކޮށް ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. https://twitter.com/M_Hameedh/status/1449051845817741317
މިއޮޕަރޭޝަނަށް އިންޑިއާ ސަރުކާރުންނާއި އެމްއެންޑީއެފް އިން ވެދެއްވި އެހީތެރިކަމަށް ސީޕީ ހަމީދުވަނީ ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އޮޕަރޭޝަންގައި ބައިވެރިވި ގޮތުގެ ތަފްސީލެއް ޕޮލިސް ކޮމިޝަނަރު އަދި ހާމައެއް ނުކުރައްވައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.