ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި، މި މަހުގެ ތެރޭގައި ދަސްވެނިވި ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ 115 ދަރިވަރުން ސިފައިންގެ ހުވާކޮށްފިއެވެ. މި ދަރިވަރުންގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ.
މި ޖަލްސާގައި ދަރިވަރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު، މުޙައްމަދު ނިޔާޒެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވާފައެވެ. ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހުވާކުރުމުގެ ރަސްމިއްޔާތަކީ ސިފައިންގެ އަހަރީ ދުވަހުގެ މުހިންމު އެއް ހަރަކާތެވެ. މި ރަސްމިއްޔާތުގައި އަލަށް ތަމްރީނު ލިބިގެން އަންނަ ސިފައިން ޤައުމަށް ޚިދުމަތްކުރުމުގެ ހުވާކުރުމާއި، އެ މީހުންނަށް ބަޑި ހަވާލުކުރުން ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.