ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު މާލޭގެ ޕްރީ ސްކޫލެއްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދަރިވަރުންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނުވައިދިންކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވީ ދަރިވަރުންނާއި ބައްދަލު ވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ދަރިވަރުންނަށް ފާޤަތި މުސްތަޤުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފައެވެ. މިކަމުން ޑރ. ޞަލާޙުލް ބުދައިރު ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޢުލޫމާތު ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.