ދުނިޔޭގެ އެންމެ މަގުބޫލް ސާޗް އިންޖިން ކަމަށްވާ ގޫގުލްގެ ހޯމް ޕޭޖުގައި މިއަދު ފާހަގަކުރާ "އާތު ދުވަހާ" ގުޅިގެން ދިވެހިރާއްޖޭގެ ށ. އެރިޔަދޫގެ ހިތްގައިމު މަންޒަރުތަކެއް ހިމަނައިފި އެވެ.
ގޫގުލް ހޯމް ޕޭޖުގައި ހިމަނާފައިވަނީ ޑޯނަޓެއްގެ ބައްޓަމަށް އުފެދިފައިވާ އެރިޔަދޫގެ ވަރަށް ހިތްގައިމު ހަ ފޮޓޯއެކެވެ. އެރިޔަދޫއަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ، ފަރުތަކާއި ފަޅުތަކުގެ ސަބަބުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.
މި ފުރުސަތަކީ ދިވެހި ފަތުރުވެރިކަމަށް ލިބުނު އިތުރު ޕްރޮމޯޝަނެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި އެ ރަށްތަކުގެ ޤުދުރަތީ މުއްސަދިކަމަކީ ކޮންމެ އަހަރަކު އެތައް ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މައިގަނޑު އެއް ސަބަބެވެ.
ގޫގުލް ހޯމް ޕޭޖުގައި އެރިޔަދޫ ހިމެނިފައިވަނީ ދިވެހި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ދިވެހިރާއްޖޭގެ ރަށެއް ހިމެނުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.