1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ވާނީ ހުއްޓުވާފަ: މިނިސްޓަރ އިހުސާން

AfYI7Hq2z8CcA4NEd51vGnYgX (1)
ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވުޒާރާ
އާމިނަތު ޝަޒްލާ
319ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށެވެ.

300 × 250

ވަޒީރު ވަނީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް އަޅުގަނޑުމެންނަށް ފެނިފަ އެބަހުރި 2014ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ މައުލޫމާތުތައް ލީކްވެ، އަދި އެ މައުލޫމާތުތައް ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަކަން. އެކަމާ ގުޅިގެން އަޅުގަނޑުމެން ވާނެ ވަރަށް ގިނަ ފިޔަވަޅުތައް އަޅާފަ. އޭގެ ތެރޭގައި ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން އަޅުގަނޑުމެން ކަށަވަރުކޮށްފައިވާނެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ. މީގެ އިތުރުން މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާފައިވާނެ. ފިޒިކަލީ ޑޭޓާއަށް އެކްސެސް އޮންނަ ހުރިހާ މުވައްޒަފުންނަށް އެކްސެސް ވެވޭނީ ރަސްމީ މަސައްކަތަށް ބޭނުންވާ ވަރަށް އެކަނިކަމަށް ވާނީ ކަށަވަރުކޮށްފަ. ވަޒީރު

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0"ގެ ނަމުގައި ރާޢްޖޭގެ އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

އަދި އީފާސްއަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ދައުރުގެ ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނޯންނާނެ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސައްޚަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކާ މެދު އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށްޓަކައިވެސް މެމްބަރު ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިއަދާއި ހަމައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް މުޢައްސަސާއަކުން އަންގާ ހިސާބުން އިސްތިސްނާއެއް ނެތި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި