1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅި ގައުމުގެ ކާމިޔާބީ ގުޅިފައިވަނީ ވަކި ވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން: މިނިސްޓަރ ނާޡިމް

main_featured_lg_202410100328191728556099.2835
ހެލްތު މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް ފޮޓޯ: ހެލްތު މިނިސްޓްރީ
އާމިނަތު ޝަޒްލާ
278ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުޅި ގައުމުގެ ކާމިޔާބީ ގުޅިފައިވަނީ ވަކި ވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ގައުމުގެ ކާމިޔާބީ ގުޅިފައިވަނީ ވަކި ވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެންވާ ނަތީޖާއަކަށްވާއިރު، އެކަން ހާސިލްކުރުމަށް ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އެކާމިޔާބީ ބިނާވަނީ އަޅުގަނޑުމެންގެ އަމަލުތަކާއި އަޅުގަނޑުމެން ދެކޭ ގޮތުގެ މައްޗައްކަމަށާއި ކަމެއް ހާސިލް ކުރުމަށް އެދޭނަމަ އެކަމަކަށް ފޯކަސްކޮށް، އެކަމެއް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

300 × 250

މީގެ އިތުރުން ޢިލްމު އުނގަންނައިދިނުމާއި ފެތުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ޔުނިވަރސިޓީއާއި އެތަނުން ދަސްވެނިވާ ދަރިވަރުން އިސް ދައުރެއް އަދާ ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޢިލްމީ ގޮތުން ޞައްޙަ އަދި ފުރިހަމަ މަޢުލޫމާތު ދިރާސާކޮށް، އެކަށީގެންވާ ގޮތެއްގައި މުޖުތަމަޢަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރުގައި ދިމާވާ މުހިންމު މައްސަލަތަކަށް އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ޙައްލުތައް ހޯދައި، ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި އިސްނަގައި، ނަމޫނާ ދައްކައި، ހަރުދަނާ ލީޑަރޝިޕެއް ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޢިލްމީ އަދި ތަޢުލީމީ ދާއިރާގައި ޤައުމު ތަމްސީލުކޮށް، ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަށް ވެސް މިނިސްޓަރ ގޮވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ކަންކަމަކީ ޔުނިވަރސިޓީގެ އަސާސީ މަޤްޞަދުތަކާ ގުޅިލާމެހިފައިވާ، އަދި ޤައުމީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ޒިންމާތަކެއް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި