1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުލީ އެއާޕޯޓު ނިންމައި ޓެސްޓް ފްލައިޓް ޖައްސައިފި

IMG_3037
މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި
އަހުމަދު ލަޔާން
473ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުލަކަތޮޅު މުލީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓުގެ މަސައްކަތް ނިމި، ޓެސްޓު ފްލައިޓް މިއަދު ޖައްސައިފިއެވެ. މިއީ މ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓެވެ.
މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިފެށޭ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްުއެވެ.

2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި އެއަޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައިވެއެވެ.

ޓްސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި މިވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

300 × 250

ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ. ރީޖަނަލް އެއަޕޯޓްސް ކުންފުނިން ވިދާޅުވީ، އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

ވައިގެ ދަތުރުފަތުގެ ޚިދުމަތް މުލަކު އަތޮޅުގައި، ޚާއްސަކޮށް ވެރިކަން ކުރާ މުލީގައި ޤާއިމްކުރި އެއަރޕޯޓާއެކު ފެށިގެންދާތީ އެރަށުގެ ރައްޔިތުންވަނީ އެކަމުގެ އުފާވެރި ޝުޢޫރު ފާޅުކޮށްފައެވެ. ފްލައިޓަށް މަރުޙަބާ ކިއުމަށް ރައްޔިތުން ފަރިވަޅެއްވެސް އަރުވާފައިވެއެވެ.

މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި