1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް: މިނިސްޓަރ އިހުސާން

big_UrnprKYpr3duzDCCIXeL7chGA
ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
އާމިނަތު ޝަޒްލާ
280ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށް ވިދާޅުވެފައެވެ.

އަދި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

300 × 250

" ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޓާސްކްފޯހުން ވަނީ ބޮޑެތި ކާމިޔާބުތަކެއް ހާސިލްކޮށްފަ. މާތްﷲގެ އިރާދަފުޅާއެކު އައު ޤާނޫނުގެ އިމާ، ބާރުތަކާއެކުގައި ކުރިއަށްއޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް." މިނިސްޓަރ އިޙްސާން

އަދި ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވަނީ ޤައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި އަދި ހިތްހަމަ ޖެހުންވެސް ބިނާވެފައިވަނީ ޤައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަކީ މި ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމްކުރުމުގެ އެންމެ އިސް ޤާނޫނީ ޒިންމާ ހަވާލުވެފައިވާ އިދާރާ. ފާއިތުވި އެތަކެއް އަހަރުގެ ތެރޭގައި ރާއްޖޭގައި މިދެންނެވި މާހައުލު ދެމިއޮތުމަށް މިއައީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން. މިގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ހާސް ޒުވާނުންނެއް އަދި އެ ޒުވާނުންގެ އާއިލާތައް ދިރިއުޅެމުން އަންނަނީ ވޭނާ އުނދަގުލުގަ." މިނިސްޓަރ އިޙްސާން

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެށްޓަށް އައި ބޮޑެތި ބަދަލުތަކެއް އަންނަމުން ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު އައީ ހަމަނުޖެހުމުގެ ތެރެއަށް ހުށަހެޅެމުން ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މައުސޫމު އެތަކެއް ފުރާނަތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށްވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުށްކުރާ ކުޑަކުދިން ދިއައީ އިންތިހާއަށް އިތުރުވަމުން. ދިވެހިރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު އެއް ނުރައްކަލަކަށްވެފައިވާ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް އައީ ބޮޅުތަކެއް އިތުުރުވަމުން. ސަރުކާރުތަކާއި ވެރިންދިޔައީ ބަދަލުވަމުން. ނަމަވެސް މިކަންކަމަށް އެކަށީގެންވާ ހައްލެއް ގެނެވޭނެކަމުގެ އުންމީދެއް މި ރާއްޖޭގެ ރައްޔިތުންނަށް ނުލިބުނު." މިނިސްޓަރ އިޙްސާން

ނަމަވެސް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރާއްޖޭގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއްދެއްވީ ބިދޭސީންގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވުމަށް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި