1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ވަރަށް ގިނަ ބަލިތައް، ރާއްޖޭގައި ވަނީ މަދުކުރެވިފަ: އެޗްޕީއޭ

293923_3_5722222b1fd30ae4a21b5476d1a98dba3343fc79
ފޮޓޯ: އެޗްޕީއޭ
އާމިނަތު ޝަޒްލާ
332ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ވަރަށް ގިނަ ގައިންގަޔަށް އަރާ ބަލިތައް، ރާއްޖޭގައި މަދު ކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އިމިއުނިޒޭޝަން ހަފްތާ އާއި ގުޅިގެން އެޗްޕީއޭ އިން އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤް ވިދާޅުވީ ބައެއް ބަލިތައް އެއްކޮށް ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ޕޯލިއޯ، ނެއޯ ނޭޓަލް ޓެޓްނަސް، މީސަލްސް އަދި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

300 × 250

މީގެ އިތުރުންވެސް ޕާރޓަސިސް ނުވަތަ ހޯގޮވާ ކެއްކުން ފަދަ ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ބަލިތައް ރާއްޖެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނަޒުލާ ވިދާޅުވިއެވެ.

ނަމަވެސް ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް މީގެ ތެރެއިން ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެކަން 2020 ވަނަ އަހަރުގެ ކުރީ ކޮޅު ފެތުރުނު މީސަލްސް އައުޓް ބްރޭކުން ފާހަގަކުރެވިފައިވާ ކަން ންޒްލާ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ވެކްސިން އެ ޖަހަންޖެހޭ ވަގުތުގައި ދިނުމަށް ސަމާލުކަން ދިނުމަކީ މުޅި މުޖުތަމަޢު ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި