މާލޭގައި ހިންގާ ޕްރީސްކޫލެއްގައި 4 އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ އަންހެން މީހާ ސަސްޕެންޑް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދަރިވަރަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، މިހާރު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

https://twitter.com/MoEdumv/status/1449426359973859333

"މައުލޫމާތު ލިބުނު ހިސާބުން ފެށިގެން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައްވަނީ އަޅާފައި. އެގޮތުން މައްސަލަ ބަލައި ނިމެންދެން، މިމައްސަލަ ރައްދުވާ ފަރާތް ހުންނާނީ ސަސްޕެންޑް ކުރެވިފައި. އަދި މިމައްސަލަ ތަހުގީގު ކުރުމަށްޓަކައި މިހާރުވަނީ ތަހުގީގީ އިދާރާއާ ހަވާލު ކުރެވިފައި." މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މާލޭގައި ހިންގާ ޕްރީސްކޫލެއްގައި 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެސްކޫލްގެ ފާހާނާއަށް ގެންގޮސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ޖިންސީގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެކުއްޖާއަށް ޖިންސީގޯނާ ކުރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.