ޓިކްޓޮކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށްވެސް މަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އެތައް މިލިއަން ބަޔަކު ބޭނުންކުރާ މި ޕްލެޓްފޯމުގައި މުނިފޫހިފިލުވުމާއި މަޢުލޫމާތުގެ ކުރު ވީޑިއޯ ކްލިޕް ހުރެއެވެ. މިއިން ކޮންމެ ކްލިޕަކީވެސް ކޮންމެވެސް މީހަކު މުނިފޫހިފިލުވަން ނުވަތަ ހުނަރު ދައްކާލުމަށް ހަދާފައިވާ ކްލިޕެކެވެ. ރާއްޖޭގެ ގިނަބަޔަކުވެސް ބޭނުންކުރަމުންދާ މި ޕްލެޓްފޯމުން ކޮންމެ ދުވަހަކުވެސް އެކި މީހުން އަމިއްލަ ވިޑިއޯ އަޕްލޯޑްކުރަމުން ދެއެވެ.
އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް ހުސްވަގުތެއްގައި މި އެޕް އަހަރެންވެސް ބޭނުންކޮށްލަމެވެ. މަޖާ އެކި ކްލިޕްތައް ބަލަމުން ދަނިކޮށް ފެނުނު މަންޒަރުން އާޝޯޙުވިއެވެ. މީގެ އެތަކެއް އަހަރުކުރިން އެކުވެރިންނާއި އެކު މަޖާކުރުމުގައި ޖަހައި އުޅުނު އަރަބިލަވައެއް ދިވެއްސަކު ކިޔާލާ ތަން ފެނިފައެވެ. މި ލަވަ ކިޔާލަން އޭރުވެސް އެތައް ބަޔަކު މަސައްކަތްކުރަމުން ދާތަން ފެނެއެވެ.
https://www.tiktok.com/@rixer5555/video/7019404960001576193?_d=secCgYIASAHKAESPgo8f5lp1VsWtevD9ChsRpZiHA3oM8gP8xYsOnwuUWgj3XNFx7LmSkhhlhG5RuS4CTl91Eyw6l35sH1W7nRvGgA%3D&checksum=21dd4d467d545ca7d290661cba853fb8efe63e6117595eabdb000f79ce86a2ea&language=en&preview_pb=0&sec_user_id=MS4wLjABAAAA2GaWcFv9qfPmGLPorbs_s8gOViPLY8Mi3WBW1TQdHyv4O574tV2v562ouAzJBJfp&share_app_id=1233&share_item_id=7019404960001576193&share_link_id=131DB30F-F561-4471-8C12-A6A2E13E2F45&source=h5_m×tamp=1634450191&tt_from=copy&u_code=d4hcbklg83102g&user_id=6656847539742490630&utm_campaign=client_share&utm_medium=ios&utm_source=copy&_r=1&is_copy_url=1&is_from_webapp=v1
ބޮޝްރެޓް ޚައިރް ނަމަކަށް ކިޔާ މިލަވައަކީ ދުނިޔޭގައި މަޤުބޫލުކަން ހޯދާފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ ހަސަން އަލް ޖައްސިމީ ނަމަކަށް ކިޔާ ފަންނާނަކު ކިޔާފައިވާ ރީތި ލަވައެކެވެ. 2014 ވަނަ އަހަރު މީނާގެ މިލަވަ ނެރުމާއި އެކު ވަރަށް ތަރުހީބު ލިބިފައިވެއެވެ. މިލަވައިގެ މައިގަޑު ބޭނުމަކީ އެންމެން އެކުވެ ވޯޓުލުމަށް ނަސޭހަތް ތެރިވުމެވެ.
މިއަދު ޓިކްޓޮކުން ފެނުނީ މި ލަވަ ދިވެހީންނަށް ވެސް އަދިވެސް ކިޔާލެވޭނެ ކަމުގެ ހެއްކެކެވެ. ދިވެހި ޒުވާނަކު ކަރޯކޭގައި މި ލަވަ ކިޔާތަން ވީޑިއޯކޮށް ޓިކްޓޮކަށް ލާފައި ވަނީ އެއްދުވަސްކުރިންނެވެ. އެކުވެރިންނާއި އެކު މަޖާކޮށްލާ ލަވަކިޔާލުމަކީ އެންމެންވެސް ކޮށްލާ ކަމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.