އަމީނީ މަގު ސީގަލް ފިހާރަ ކައިރީ ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ވަނީ ހިފާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި، މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، މިހާރު އެސަރަހައްދުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި ކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.