ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާ މިރޭވެސް ކުރިއަށް ގެންދަން ފަށައިފިއެވެ.
މިއީ "ދުލެއް ނުކުރާނަން" ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކުރާ މުޒާހަރާގެ ފަސްވަނަ ރެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފައެވެ. މި ޑިމާންޑުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލުން ހިމެނެއެވެ. މިހާތަނަށް މި ޑިމާންޑުތަކުގެ ތެރެއިން ފުއްދާފައިވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާ އާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.