1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު 'އަންހެންވެރިންގެ ސައްލާ' ފަށައިފި

787
އަންހެންވެރިންގެ ސައްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
329ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު 'އަންހެންވެރިންގެ ސައްލާ' ފަށައިފި އެވެ،

މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި "އަންހެންވެރިންގެ ސައްލާ" ގެ ނަމުގައި ބޭއްވޭ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސައްލާއަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

300 × 250

މި ސައްލާގައި މާލެ އަތޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، ފެލިދެއަތޮޅު، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ޖުމްލަ 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސައްލާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޓީތައް ބާރުވެރި ކުރުމެވެ.

މި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި