1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެންމެ ނުރައްކާތެރި ސާޖަރީ ކާމިޔާބު، ކަންތައް ރަނގަޅަށް ދާނަމަ ޔުމްނުއަށް ތެދުވެ އިށީނދެވޭނެ: އާއިލާ

spi
އިއްޔެ ހެދި ސާޖަރީގެ ފޮޓޯއެއް، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް ޔުމްނު ފްލައިޓުގައި... ފޮޓޯ؛ އާއިލާ
މަރްޔަމް ޝަފާ ސައީދު
2,348ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު (21) ގެ ވަރަށް ނާޒުކު ސާޖަރީއެއް ކާމިޔާބުކޮށް ނިންމާލައިފިކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އިއްޔެގެ މެންދުރުފަހު 3:00 ގައި ފެށުނު މި ސާޖަރީ ވަނީ ފަސް ގަޑިއިރުގެ މުއްދަތަކަށް ދެމިގެން ގޮސްފައެވެ. ސާޖަރީ ނިމުމާއެކު ޔުމްނު ވަނީ އިންޓެންސިވް ކެއަރ ޔުނިޓަށް (އައިސީޔޫ) ބަދަލުކޮށްފައެވެ.

"އަހަރެން ވާހަކަ ދެއްކިން ޑޮކްޓަރާ. ހުރިހާ ކަމެއް ވެސް ދިޔައީ ރޭވިފައި އޮތް ގޮތަށް. މިއަދުގެ ސާޖަރީއަކީ ސީ7 ގައި ފްރެގްމެންޓެޑް ފްރެކްޗާއަށް ފަރުވާ ދިން. މިއީ އޭނާއަށް ކުރިމަތިލާން ޖެހުނު އެންމެ ކްރިޓިކަލް އަދި ނުރައްކާތެރި ސާޖަރީ،" ޔުމްނުގެ އާއިލާގެ މެންބަރެއް

300 × 250

ުޔުމްނުގެ އާއިލާއިން ބުނެފައި ވަނީ އިއްޔެ މެންދުރުފަހު 3:00 ގައި ފެށުނު ސާޖަރީ ކުރިއަށް ގެންގޮސް، ރޭގަނޑު 8:30 ގައި އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ސާޖަރީއަކީ ކަރުގެ ތިރީ ބައިގައިވާ ސްޕައިން ކަށީގެ ސީ7 ގައި ހުރި ފްރެގްމެންޓެޑް ފްރެކްޗަރއަށް ފަރުވާ ދިނުމަށް ކުރި ސާޖަރީއެކެވެ..

އާއިލާއިން އިތުރަށް ހާމަކުރި ގޮތުގައި މިފަދަ އިތުރު ސާޖަރީއެއް ކުރިއަށް އޮތްތަނުގައި ނުހަދާނެއެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔައިފިނަމަ، ދުވަސްކޮޅެއްގެ ތެރޭގައި ޔުމްނު އަށް އިށީނދެވޭ ވަރު ވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

"ނާނަ މިއަދު މެންދުރުފަހު 3 އިން ފެށިގެން ސަރޖަރީގައި އޮތީ، މިވާހަކަ ކުރިން ހިއްސާނުކުރީ ތިޔަ އެންމެން ވޭތުވެދިޔަ 5+ ގަޑިއިރު ކަންބޮޑުވެފައި ތިބިޔަނުދޭން ވެގެން (މެންދުރުފަހު 3 ގައި އޮޕަރޭޝަން ތިއޭޓަރަށް-ރޭގަނޑު 8:30 އަށް އައިސީޔޫއަށް)، އަހަރެން ޑޮކްޓަރާ ވާހަކަދެއްކިން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ރޭވިފައިވާ ގޮތަށް، މިއަދުގެ ސާޖަރީއަކީ ސީ7 ގައި ފްރެގްމެންޓެޑް ފްރެކްޗާއަށް ފަރުވާ ދިން. މިއީ އޭނާއަށް ކުރިމަތިލާން ޖެހުނު އެންމެ ކްރިޓިކަލް އަދި ނުރައްކާތެރި ސާޖަރީ. އެކަން ރަނގަޅަށް ކުރިއަށްދިޔަ، الحمد لله، މިފަދަ އިތުރު ސަރޖަރީތަކެއް ދެނެއް ނުކުރާނެ، ހުރިހާ ކަމެއް މިގޮތަށް ރަނގަޅަށްދާނަމަ ނާނައަށް އަމިއްލައަށް އިށީނދެ އިނދެވޭނެ، އެންމެންވެސް ނާނަ އަށް ހެޔޮދުއާކޮށްދެއްވުން އެދެނީ،" ޔުމްނު ގެ އާއިލާއިން ރޭގައި ހިއްސާކޮށްފައިވާ  މައުލޫމާތު،

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ އިންވެގެން ހުރި ގެއެއްގެ ގުދަނެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު، އިތުރު ފަރުވާއަށްޓަކައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު މެލޭޝިޔާއަށް ގެންދިޔައިރުވެސް ޔުމްނުގެ ހާލަތު އޮތީ ސީރިއަސްކޮށެވެ.

މި މައްސަލައިގައި ޔުމްނުއާއެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލް (21) ވަނީ ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފައެވެ. އަދި ރައުދު އާއި ޔުމްނުއާއެކު އެރޭ ކުރިން އުޅުނު ހަތް މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. ޔުމްނުގެ އާއިލާއިން ވަނީ އެންމެންގެ ހެޔޮ ދުޢާތަކުގައި ޔުމްނު ހިމަނައިދިނުމަށް އެދިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި