1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލ. ގަމު ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ގދ ގެ ތިން ރަށަކަށް

WhatsApp Image 2025-04-30 at 20.11.31_ce98117b
ހައްދުންމަތީ ގަމު ކައުންސިލް އިދާރައިގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ތިނަދޫ ސިޓީ ގައި މޭޔަރު ސައުދު އަލީ އަދި ތިނަދޫ ސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސާ ޖީޒާ އާއި އެކު.
އާމިނަތު ޝަޒްލާ
979ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލ. ގަމު ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ގދ. ގެ ތިން ރަށަކަށް ދިޔުމަށް ދަތުރެއް ފައްޓަވައިފިއެވެ.

މި ދަތުރާބެހޭ ގޮތުން "ހުވަދޫ މީޑިއާ" އަށް މައުލޫމާތުދެއްވަމުން ގަމު ކައުންސިލުން ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހުގެ ތިނަކާ ހަމަޔަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން މިވަގުތުތިބީ ތިނަދޫ ސިޓީގައި ކަމަށެވެެ.

ގަމު ކައުންސިލުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ އަނެއް ދެ ރަށަކީ ގދ. މަޑަވެލި އަދި ހޯޑެއްދޫ އަށެވެ.

300 × 250

މިދަތުރުގައި 45 މީހުން ބައިވެރިވެފައިވާއިރު، މި ދަތުރުގައި ބައިވެރިވަނީ ގަމުގެ ކައުންސިލްގެ މުވައްޒަފުންނާއި، މެންބަރުންގެ އިތުރުން ލ. ގަމު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމެޓީއެވެ،ޑަބްލިޔު.ޑީ.ސީ. މެންބަރުންނެވެ. މި ދަތުރުގައި ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ބައިވެރިވެ ވަޑައިގެންނަވައެވެ.

ލ. ގަމު ކައުންސިލް ރައީސް ވެސް ބައިވެރި ވަޑައިގަންނަވާ މި ދަތުރުގައި، ތިނަދޫ ސިޓީގެ ކައުސިލާއި، ގދ. އަތޮޅު ކައުންސިލުގެ އިދާރީ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ތަޖުރިބާ ކުރުން ހިމެނެއެވެ.  މީގެއިތުރުން ތިނަދޫ ސިޓީގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ގަމު ކައުންސިލު ޒަކީ ވަނީ ވިދާޅުވެފައެވެ.

މަޑަވެލި، އަދި ހޯޑެއްދޫގެ ކައުންސިލާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، އިދާރީ މަސައްކަތްތައް ވެސް ތަޖުރިބާ ކޮށްލުމަށް ވަނީ ނިންމާފައެވެ.

މި ދަތުރަކީ ގަމު ކައުންސިލުން މި ދައުރަށް އިންތިހާބުވި ފަހުން ކުރާ މިފަދަ ދެވަނަ ދަތުރެވެ. އެގޮތުން އެންމެ ފުރަތަމަ ގަަމު ކައުންސިލުން ވަނީ ދ. ކުޑަހުވަދޫއަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. ޒަކީ ވިދާޅުވީ ކުޑަހުވަދޫ ދަތުރަކީވެސް ކާމިޔާބު ދަތުރެއް ކަމަށެވެ.

ގދ. އަތޮޅަށް ކުރާ މިދަތުރުގައި ގަމު ކައުންސިލުންނަށް ތިނަދޫ ސިޓީ ކައުންސިލުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށް ގަމު ކައުންސިލުންވަނީ ފާހަގަ ކޮށްފައެވެ.

ގަމު ކައުންސިލުން ބުނާ ގޮތުގައި ތިނަދޫ ސިޓީއަކީ ތަފާތު ރަށެއް ކަމަށާއި، ތަޖުރިބާއާއި އެކު ގިނަ ފައިދާތަކެއް ލިބިގެންދާނެ ދަތުރަކަށް ވާނެ ކަމަށެވެ.

ގަމު ކައުންސިލުންގެ ޓީމު މިވަގުތު ތިނަދޫ ސިޓީގައި ތިބިއިރު، ތިނަދޫއިން ވަނީ ގަމު ކައުންސިލުންގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރަކީ ގަމު ކައުންސިލުން ކަނޑުމަގުން ކުރާ ދަތުރުތަކެކެވެ.ހައްދުންމަތީ ގަމު ކައުންސިލް އިދާރައިގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ތިނަދޫ  ސިޓީގައި

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި