1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަރޭބިއަން ޓްރެވެލް މާކެޓުގައި ރާއްޖެއަށް ލިބުނު ތަރުހީބާއެކު މެދުއިރުމަތީގެ މާކެޓުން އުއްމީދީ ނަތީޖާއެއް!

atm
ރާއްޖެ ދަތުރުކުރާ މެދުއިރުމަތީގެ އެއަރލައިންތަކާއެކު ވަނީ މަޝްވަރާކުރެވިފައި
މަރްޔަމް ޝަފާ ސައީދު
260ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުބާއީގައި މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓު (އޭޓީއެމް) ގައި ރާއްޖެއަށް އުއްމީދު ކުރިވަރަށްވުރެ މާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެޕްރީލް 28 އިން މޭ 1 އަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއަރގައި ރާއްޖެއިން ވަނީ 110 ކުންފުންޏަކާއި 235 މަންދޫބުން ބައިވެރިވެފައެވެ. މިއީ އެމްއެމްޕީއާރްސީގެ މިއަހަރުގެ ފްލެގްޝިޕް ޓްރެވެލް ފެއަރ އެވެ.

"ޖީސީސީ ޤައުމުތަކުން މިދާ ފަތުރުވެރިންނަކީ ވަރަށް ހައިއެންޑް ފަތުރުވެރިން. އެބޭފުޅުންގެ ޚަރަދުކުރާ މިންވަރު ވަރަށް ބޮޑުވާނެ. އެހެންވީމަ ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެ،" ވަޒީރު ތާރިޤު ވިދާޅުވިއެވެ.

300 × 250

ފެއަރގެ ތެރެއިން މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއި އެއަރލައިންތަކާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި، ބައެއް ފަހުމުނާމާތަކުގައި ސޮއިކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ސަރުކާރުން މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، އޭޓީއެމްގައި ރާއްޖޭގެ ސްޓޭންޑަށް ލިބުނު ތަރުހީބާއި، ރިސޯޓުތަކަށް ލިބުނު އެޕޮއިންޓްމެންޓްތަކުގެ އަދަދު އުއްމީދުކުރި ވަރަށްވުރެ މަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ފެއަރ ކަމަށްވާ އޭޓީއެމްގައި ރާއްޖެއިން ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް ލިބިގެން ގޮސްފައިވާ ކަމަށް ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި