ކ. މާފުށި ކައިރީ އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި ކ. މާފުށި ކައިރީ އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި މިރޭ 20:31 ހާއިރު އަލިފާނުގެ ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފަޔަރމަނުންނާއެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރ ލޯންޗު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ. އަދި މިހާދިސާ މެދުވެރިވާން ދިމާވި ސަބަބެއްވެސް އެނގިފައިނުވެއެވެ.