1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ޕީއެސްއެމްއިން ކުރަމުން ދަނީ ނަމޫނާ މަސައްކަތްތަކެއް؛ ރައީސް

pso
Thedhu Khabaraai Mauloomaathu Thaza KamaaEku Fethurumugai PSM in Kuramundhanee Namoonaa Masakkaththakeh: Raees
މަރްޔަމް ޝަފާ ސައީދު
203ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ޕީއެސްއެމް ނިއުސްއިން ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، "ޕީއެސްއެމް ނިއުސް ޗެނަލުން ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ދުވާލާއި ރޭގަނޑު ހުއްޓުމެއްނެތި ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއް" ކަމަށެވެ. އަދި ނިއުސް ޗެނަލުގެ ހިތްވަރާއި ޤައުމީ ޚިދުމަތް ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ސާބަސް ދަންނަވާފައެވެ.

ޚަބަރާއި ކަރަންޓު އެފެއާޒް ކަންކަމަށް ޚާއްސަކޮށްގެން ޕަބްލިކް ސަރވިސް މީޑިއާގެ ކުޑައިގެ ދަށުން 2017 މެއި 3 ގައި ވުޖޫދަށް އައި ޕީއެސްއެމް ނިއުސް ޗެނަލަކީ 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ވަކި ޗެނަލެއްގެ ގޮތުގައި ނިއުސްރޫމަށް ޚާއްސަ ޗެނަލެކެވެ.

300 × 250

https://twitter.com/MMuizzu/status/1918658893582106972?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1918658893582106972%7Ctwgr%5E91a00f9785d424ab5b3cf76392f655e996a7c43f%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F156932

ވަކި ޗެނަލެއްގެ ގޮތުގައި އުފެދުނީއްސުރެ ޕީއެސްއެމް ނިއުސް ފާހަގަކޮށްލެވެނީ އެންމެ ފަހުގެ ޚަބަރުތައް އިތުބާރާއި ޔަޤީންކަމާއެކު އާންމުންނަށް ގެނެސްދޭ ޗެނަލެއްގެ ގޮތުގައެވެ. އަދި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ކުރިންސުރެއް ގެންގުޅެމުންދިޔަ ގޮތްތަކަށް ބަދަލުގެނެސް، ފަހުގެ ޓެކްނޮލޮޖީއާއި ބްރޯޑްކާސްޓިންގ ސްޓޭންޑެޑްތަކާ އެއްގޮތަށް ތަފާތު ކޮންޓެންޓުތަކެއް ޕީއެސްއެމް ޗެނަލުން އަންނަނީ ގެނެސްދެމުންނެވެ.

މީގެއިތުރުން، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި މުނާސަބަތުތަކާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީތަކާއި، އަދި ކަވަރޭޖްތައްވެސް ޕީއެސްއެމް ނިއުސްއިން އަންނަނީ ގެނެސްދެމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި