ބ އަތޮޅަށް ދަތުރު ކުރަމުންދިޔަ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައި ކާށިދޫއަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ބ. އަތޮޅަށް ދަތުރު ކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫއާއި 6 ނޯޓިކަލް މޭލު ބޭރުން މީހަކު މޫދަށް ވެއްޓިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.
https://twitter.com/MNDF_Official/status/1449998564013187079
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމުގައި ސަލާމަތީ ކަންތައްތަކަށް ސަމާލުކަންދީގެން ދަތުރު ފަތުރު ކުރުމަށާއި ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތަކެއް ނޫނީ ނުކުރުމަށް މޫސުމާބެހޭ އިދާރާއިން އަދި އެމްއެންޑީއެފުންވެސް ވަނީ އެދިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.