1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތޮށިގަނޑުމަތީގައި މަސްބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެ

055203-img 6536 1
މަސް ބާނަން ހުއްޓައި ވަޔާ އެކު މޫދަށް ވެއްޓުނު މީހާ ތޮށިގަނޑު މައްޗަށް ނަގައިގެން ސީޕީއާރު ދެނީ. (ފޮޓޯ/އެމްއެންޑީއެފް)
ހުވަދޫ ނިއުސް ޓީމް
749ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓީ އިއްޒުއްދީން ފާލަމާ ދިމާލުން ބޭރު ތޮށިގަނޑު މަތީގައި މަސްބާނަން މިއަދު ހުރި މީހަކު، ގަދަ ވަޔާއެކު މޫދަށް ވެއްޓި ލިބުނު އަނިޔާތަކެއްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މޫދަށް ވެއްޓި ތަފާތު އަނިޔާތަކެއް ލިބި މަރުވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ މިޑިއާ އޮފިޝަލް މިހާދިސާއާއި ގުޅިގެން މަޢުލޫމާތު ދީފައިވާގޮތުގައި، ގަދަ ވަޔާއެކު، މޫދަށް ވެއްޓި އަނިޔަތަކެއް ލިބިގެން އައިޖީއެމްއެޗް އަށް 06:52 އެހާކަންހާއިރު ގެންދެވުނު ކަމަށެވެ. އަދި 07:20 އެހާކަންހާއިރު، އައިޖީއެމްއެޗް އިން އެމީހާ ނިޔާވެފައިވާކަމަށް ރިޕޯޓްކޮށްފައިވާ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއެވެ.

މީޑިއާ އޮފިޝިއަލް އިތުރަށް ބުނެފައިވާ ގޮތުން، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

300 × 250

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ތޮށިގަނޑުމަތީގައި މަސްބާނަން ތިބި ދެމީހެއްގެ ތެރެއިން އެކަކު މޫދަށް ވެއްޓި އަނިޔާތަކެއް ލިބުމުން ސިފައިންގެ އެހީތެރިކަމާއެކު އެމީހާ މޫދުން ނަގައި، ސީޕީއާރު ދިނުމާއެކު، ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްއަށް ފުނުވުނު ކަމަށެވެ.

މިއަދުގެ މޫސުމަށް ބަލާލާއިރު، ހއ. އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ. އަދި މިސަރަޙައްދުގެ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް މޫސުމް ލަފާކުރެއެވެ.

ރާއްޖޭގެ މޫސުމަށް އައިސްފައިވާ ބަދަލާއެކު، ފާއިތުވީ ދެދުވަހަށް ބަލާއިރު، ކަނޑުމަތީގެ ތަފާތު ހާދިސާތައް ރާއްޖޭގައި ހިގާފައި އެބަހުއްޓެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތަކުގައި ބައެއް ފަރާތްތައް އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައިވެއެވެ.

މި މަރުހޫމާ އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި