ތިނަދޫ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން އެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޔޫ ތިނަދޫ ކެމްޕަސް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން:
1. ފުރަތަމަ މަރުހަލާގައި 3 ފަންގިފިލާގެ އިމާރާތެއް އެޅުން
2. ދެވަނަ މަރުހަލާގައި ދަރިވަރުންނަށް ޚާއްޞަކޮށްގެން 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން
3. ތިންވަނަ މަރުހަލާގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން
https://twitter.com/MTCCPlc/status/1919275620166513042?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1919275620166513042%7Ctwgr%5Ea226e72dd45ddd3f931623be5b5f7e5901e257d8%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F157019
އެމްޓީސީސީއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދަރިވަރުންނަށް ޚާއްޞަކުރެވޭ އެކޮމޮޑޭޝަން ބްލޮކުގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހިމެނޭނެއެވެ. އަދި މުވައްޒަފުންނަށް ޚާއްޞަކުރެވޭ އެކޮމޮޑޭޝަން ބްލޮކުގައި 7 ކޮޓަރީގެ އިތުރުން ކެފޭއެއްވެސް ހިމެނޭނެއެވެ.
މި މަޝްރޫޢު ނިމުމުން ތިނަދޫ ސިޓީގެ ރައްޔިތުންނަށް ތަޢުލީމީ އަދި އިޖްތިމާޢީ ގޮތުން ގިނަ ފަސޭހަތަކަކާއި މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ފާހަގަކޮށްފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.