1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުން ޓެކްސީ ލައިން ފެށިޔަސް, ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ސަބަބެއް ނޯންނާނެ: މިނިސްޓަރ އަމީން

original_1702312738124-scaled
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ފޮޓޯ: ރައީސް އޮފީސް
އާމިނަތު ޝަޒްލާ
304ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުން މާލޭގައި ޓެކްސީ ހިދުމަތް ފެށުމުން މިހާރު ޓެކްސީ ދުއްވާ ޑްރައިވަރުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސަރުކާރުން ޓެކްސީ ފަށާތީ އެކަމާއި ގުޅީގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަމީން އިތުރަށް ވިދާޅުވީ، ޓެކްސީ ލައިން ބައްޓަންކޮށްފައިވަނީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި އަދި ޕާޓްޓައިމްކޮށްވެސް ޓެކްސީ ކުރެވޭނެ ގޮތަށް ކަމަށެވެ. މިހާރުވެސް ދެވަނަ ވަޒީފާގެ ގޮތުގައި ޓެކްސީ ކުރާ މީހުން ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

"ޓެކްސީ ލައިން ބައްޓަންވެފައި އޮންނާނީ ދާއިމީކޮށް އަދި ޕާޓްޓައިމަށް ޓެކްސީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ. ޓެކްސީ ކުރާ މިހުންނަށް ގެއްލުންވާނެ އެއްވެސް ސަބަބެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބޭ ޝަކުވާތައް އަބަދުވެސް މިނިސްޓްރީއަށް ލިބެމުން އަންނަކަަމަށާއި، ޓެކްސީ ގަވައިދެއް އޮތް ނަމަވެސް ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރަމުން އަންނަނީ އެ ބަޔަކު ބޭނުން ވަގުތެއްގައިކަމަށް މިނިސްޓަރު އަމީން ވިދަޅުވިއެވެ.

މީގެއިތުރުން، މާލޭގެ މަގުތަކަށް އެކަށީގެންވާ ސައިޒުގެ ކާރުތައް ބޭނުންކުރުމާއި، އެންމެ ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުގެ ޓެކްސީ ލައިނުން އިސްކަންދޭނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ވަކި މިންގަނޑެއްގައި ހިފަހައްޓާ އަހުލާޤެއް މި ހިދުމަތުގައި ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި ޓެކްސީގެ ހިދުމަތަކީ މުހިންމު ހިދުމަތެއް ކަމަށާއި އެ ހިދުމަތް ފެށުމުން ވަރަށް ގިނަ ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި