އެއްވެސް ސަރުކާރެއްގައި ކަންކަން ބަލާ ހިންގާނެ ވެރިންނެއް ނެތް ކަމަށާއި، ޕްރޮޖެކްޓް އޮތްގޮތަށް ބަޔަކަށް ދީފަ ކަޓު ނަގައިގެން ތިބެނީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ ކުރެއްވި ޓުވީޓެއްގައި، ވޯޓު ހޯދަން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ އިޤްތިސާދު ދަމަހައްޓަން ހިންގާ މަޝްރޫއުތައް ތަފާތުތޯ ބުނެ ސުވާލު އުފައްދާފައެވެ. އަދި ޓުއަރިޒަމް ދާއިރާ ކުރި އަރަމުންދާ ވަރަށް އެއާރޕޯޓާއި ސީޕޯޓު އެއާ އެއްވަރަށް ތަރައްގީއެއް ނުކުރެވުނު ކަމަށްވެސް ރީކޯގެ ޓުވީޓުގައި ވިދާޅުވިއެވެ.
https://twitter.com/ReekoMoosa/status/1450306351545012226
އަދި ކޮންމެ ސަރުކާރެެއް އައި ކަމުގައިވިޔަސް ސަރުކާރު ތެރެގައި ހިނގާ ކަންކަން ބަލާނެ ވެރިންނެއް އެއްވެސް އިރަކު ނެތް ކަމަށާއި، އެންމެންވެސް ތިބެނީ ކޮންމެވެސް ބަޔަކަށް ޕްރޮޖެކްޓްތައް ދީގެން އޭގެން ކަޓު ނަގައިގެން ކަމަށްވެސް ރީކޯގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.







ޚިޔާލު (3)
މޫސަ ތިޔަކަހަލަ ވާހަކަ ދެއްކުން ރީއްޗެއްނޫން. ރީނދޫ ލާދީނީ ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ބަނދަރު ހެދުމާ ފަޅުފުން ކުރުމުގެ ޕްރޮޖެކްޓް ތައް އެމްޓީސީސީ އަށް ނުދީ މޫސަގެ ހެވީލޯޑް ކުންފުންޏަށް ދިނީދޯ. އެއިރު މޫސަ ތިޔަކަހަލަ ވާހަކަ އެއް ނުދައްކަމުދޯ.....!
ކަލޮޔާ އެކަން އެނގިހުރެ އެބަޔަކާ އެކު އުޅެ މުއްސަނދި ވީގޮތް އަޅެ ކިޔައިދީބަލާށެވެ.
މޫސާ ތަ ތިވާހަކަ ދެއްކީމައި އަހަނެ އެންނޫ އިހިނި .. ހެވީލޯޑަން ލެބުނެ ފައިސާ އަދަދެ ހާމެކޮޅެއްތާ ވަރަށް ރަގަނޅެ