ގއ ކޮނޑޭ ސްކޫލްގެ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ މަޤްސަދުގައި ކޮނޑޭ ސްކޫލުން ޕްރޮގްރާމެއް ފަށައިފިއެވެ.
ކޮނޑޭ ސްކޫލުން އިސްނެގުމަށް އެރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާ ކާރެއް ކަމުގައިވާ ނައުފަލް މޫސާ (ލާން ޓް ސްވިމް ވިތް ނައުފަލް) އާއި ގުޅިގެން ހިންގާ ޚާއްޞަ ތަމްރީނެކެވެ.
ކޮނޑޭ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮނޑޭ ސްކޫލް ދަރިވަރުންނަށް އަމާޒު ކޮށްގެން އިއްޔެ ފެށި ޕްރޮގްރާމް ހިންގަނީސްޓޭޓް ޓްރޭޑިން އޯގަނޭޒޭޝަން (އެސްޓީއޯ) އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
އިއްޔެ އިން ފެށިގެން 12 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދޭ މިޕްރޮގްރާމް ނިމޭއިރު ކޮނޑޭ ސްކޫލްގެ ކޮންމެ ދަރިވަރަކަށް ފެތުމުގެ ހުނަރު ދަސްކޮށް ދެވިގެން ދާނެ ކަމުގައި ކައުންސިލުން ހާމަ ކުރެއެވެ.
ސްކޫލް ޗުއްޓީ އާއި ދިމާކޮށް ކޮނޑޭ ގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދޭ ތަމްރީނަށް ދަރިވަރުންނާއި ބެލެނިވެރިން ގެ ވަރަށް ބޮޑު އެއްބާރުލުމެް ދަނީ ލިބެމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.