ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ދިވެހިރާއްޖޭގެ ފަރާތުން ވަރަށް ޚާއްސަ މެސެޖެއް އައިޝަތު ޒީބާ ހާމިދު މުޅި ދުނިޔެއަށް ވަނީ ދީފައެވެ.
ޔުނިސެފް މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މިޑިއާ މެދުވެރިކޮށް ދީފައިވާ މިޚާއްސަ މެސެޖުގައި، ޒީބާ ފޮތެއް ކިޔުމަށް ދޮންވެލި ތުނޑީގައި އިށިނދެ އިންނަ މަންޒަރު ފެށޭތަނުން ފެނެއެވެ. ނަމަވެސް އިރުކޮޅަކުން، އެމަންޒަރު މޫދުގެ އަޑިޔަށް ބަދަލުވެ، ފޮތްކިޔަން ޒީބާ މޫދުގެ އަޑީގައި އިށީދެ އިންނަ މަންޒަރު ދައްކުވައިދެއެވެ. ވީޑިއޯގައި ދަށްކުވައިދެނީ، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަށް، ނެތި ދިޔުމުގެ ބިރު އޮތް މިންވަރެވެ. އަދީ ޚާއްސަ މެސެޖުގައި ފިޔަވަޅެއް ނާޅާ، މާބޮޑަށް ލަސްވަންދެން ނުތިބުމަށް ޒީބާގެ މެސެޖުގައި ބުނެއެވެ. https://twitter.com/UNICEFMaldives/status/1450049925585252353?s=20 ޔުނިސެފް މޯލްޑިވްސް އިން ފާހަގަކޮށްފައިވާގޮތުގައި 3/1 އާބާދީގެ ކުޑަކުދިން ނިސްބަތްވަނީ ނުވަތަ ދިރިއުޅެނީ ދެކުނު އޭޝިއާގައެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ސަރަޙައްދަކަށް ސައުތު އޭޝިއާ ވެގެންދެއެވެ. ޔުނިސެފް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކޮށް، މިމައްސަލަތަކަށް ހައްލެއް ހޯދުމަށް މިއީ އަޑު އުފުލަން ޖެހޭ ވަގުތެވެ. ޔުނިސެފް މޯލްޑިވްސް އިން އިސްނަގައިގެން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނުރައްކާ ހާމަކޮށް، މުޅި ދުނިޔެ ހޭލުންތެރިކުރުމުގެ މަޤްސަދުގައި ޒީބާ އަދި ޒުވާން އެތަށް ދިވެހި ކުދިންނެއްގެ އަޑު މުޅި ދުނިޔެއަށް އިއްވުމަށް ޚާއްސަ އޮންލައިން އިވެންޓެއް މާދަމާ 20 އޮކްޓޯބަރ 2021 ވަނަ ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޔުނިސެފް މޯލްޑިވްސްގެ މި އިވެންޓް ސްޓްރީމް ކުރާނެކަން ޔުނިސެފް މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ. ޔުނިސެފް މޯލްޑިވްސްގެ އަމާޒަކީ، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ރައްކާތެރިކަމާއި، ރަނގަޅު މުސްތަޤުބަލެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.